ޤައުމީ ކުތުބުޚާނާ

11-05-2026

މެންޑޭޓް

  1. ތަފާތު ފަންނުތަކުގެ ޢިލްމީ ފޮތްތަކާއި، އަދި މިނޫންވެސް މަޢުލޫމާތު ލިބޭނެ ތަކެތި އެއްކޮށް، ޢާންމުންނަށް ބެލޭނެ އިންތިޒާމު ކުރުމާއި، ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުގުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ މަޢުލޫމާތުހޯދައިދީ އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  2. "ޤައުމީކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫން" ނަންބަރު 2006/1 ގެ ދަށުން ހަދާފައިވާ ޤަވާއިދުގައި ހިމެނޭ އެންމެހާ ތަކެތި އެއްކޮށް، އެތަކެތީގެ އަސްލުތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، އެތަކެތި ތާރީޚަށްޓަކައި މުސްތަޤުބަލަށް ދެމެހެއްޓުމާއި، ޢާންމު ފައިދާއަށް އެތަކެތި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  3. ދިވެހިރާއްޖޭގައި ޝާއިޢުކުރާ ހުރިހާ ނޫސް މަޖައްލާ، ފޮތްފަދަ ތަކެއްޗާއި ރާއްޖޭން ބޭރުގައި ދިވެހިން ޝާޢިއުކޮށްގެން ނެރޭ ރާއްޖެއާބެހޭ ނޫސް، މަޖައްލާ ފޮތްފަދަ ތަކެތި އެއްކޮށް އެތަކެތި އަސްލުތައް ރައްކާތެރިކޮށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ބެލޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ނެޝަނަލް ބިބްލިއޮގްރަފީ އެކުލަވާލައި ޝާއިޢު ކުރުން.
  5. ސަރުކާރާއި ޢާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުތުބުޚާނާތައް ހި ންގާ ޤަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ކުތުބުޚާނާތައް ރަޖިސްޓްރީކުރުން
  6. ސަރުކާރާއި ޢާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ބޭނުންވާ ލަފަޔާ މަޝްވަރާދިނުމާއި، އެތަންތަން ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެތަންތަނުގެ މުވައްޒަފުން ލައިބްރަރީ ފަންނުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ދިނުން.

އޮނިގަނޑު

org chart

ރައްޔިތުންނަށް ފޯރުކޮށްދެމުންދާ / އަދި ކުރިން ފޯރުކޮށްދީފައިވާ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު

އިދާރީ ޚިދުމަތްތައް

ލައިބްރަރީ ހިދުމަތްތައް

ލީގަލް ޑިޕޮޒިޓް ޔުނިޓް ޚިދުމަތްތައް

  • އައު ފޮތް އިފްތިތާޙު ކުރުން
  • ފޮތް ހަދިޔާ ކުރުން
  • އޯތަރ ޓޯކްސް / ލިޔުންތެރިންގެ ސިލްސިލާ ހަވީރު
  • 1/2006 ޤާނޫނުގެ ދަށުން ޖަމާކުރާ ކޮޕީ ބަލައިގަތުމާއި ލިޔުންތެރިންނާއި ބައްދަލުކުރުން
  • ޓްރެއިނިންގ ޔުނިޓް ޚިދުމަތްތައް

  • އިންސަރވިސް ތަމްރީނު (ލައިބްރަރީ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް)
  • އިންޓަރންޝިޕް
  • ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް ތަމްރީނު
  • ހަރަކާތް ހިންގުމަށް ތަން ދޫކުރުން
  • ވެބިނާ
  • ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެ ގޮތުގެ ތަފުސީލު

  • ޤައުމީ ކުތުބުޚާނާގެ ޚިދުމަތްތަކާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ. އަދި ޝަކުވާ ހުށަހަޅާނީ admin@nlm.gov.mv އަށް އީމެއިލް އިން ނުވަތަ ސިޓީއަކުންނެވެ.
  • އިދާރާގެ ލިޔެކިޔުންތައް ބަލަހައްޓާ ގޮތުގެ އުސޫލު ނުވަތަ ތަފުސީލު

  • ޤައުމީ ކުތުބުޚާނާގެ އެސް.އޯ.ޕީ ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން.
  • އިދާރާއިން ބަލަހައްޓަމުން ގެންދާ ހުރިހާ މަޢުލޫމާތުތަކެއްގެ ތަފުސީލު

  • ޤައުމީ ކުތުބުޚާނާގެ ކަލެކްޝަން، ސަރވިސްތަކުގެ މައުލޫމާތު އަދި އިދާރީ މައުލޫމާތުތައް.
  • އިދާރާއިން އާންމުކޮށް ޝާއިއުކުރާ މަޢުލޫމާތުތައް

  • ބިބްލިއޮގްރަފީ ޤައުމީ ކުތުބުޚާނާގެ ވެބްސައިޓްގައި ޝާއިއުކުރެވިފައި.
  • އިދާރާއަށް މަޢުލޫމާތައް އެދި ފަރާތަކުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ އަމަލުކުރާނެ ގޮތުގެ ތަފުސީލު

    އިދާރާއަށް:

  • ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް 08:00 އިން 14:00 ށް ޤައުމީ ކުތުބުޚާނާގެ އިދާރާއަށް ސިޓީ/ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ.
  • ލައިބްރަރީ ކައުންޓަރއަށް:

  • ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް 09:00 އިން 18:00 އާ ހަމައަށް ޤައުމީ ކުތުބުޚާނާގެ ލައިބްރަރީ ސަރވިސް ޔުނިޓަށް ވަޑައިގެން މި ޚިދުމަތަށް އެދިލެއްވުމުން ވަގުތުން މި ޙިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
  • އިސްވެރީންގެ މަޢުލޫމާތު / މަޝްއޫލިއްޔަތުތައް

    ޑިރެކްޓަރ ޖެނެރަލް، ލައިބްރަރީ ސަރވިސަސް، ފާޠިމަތު ޝިހާމް

  • ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުޤުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ ލައިބްރަރީ ޚިދުމަތުގެ ކުރިމަގުގެ ތަސައްވަރު އެކުލަވާލުމާއި، ސްޓްރެޓީޖިކް ޕްލޭން އަދި އޮޕަރޭޝަނަލް އަދި ޑިވެލޮޕްމަންޓަލް ޕްލޭންތައް އެކުލަވާލުން
  • ލައިބްރަރީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ލައިބްރަރީގައި ބަލަހައްޓާ ފޮތްތަކާއި އެހެނިހެން ތަކެތި އެންމެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ފަދަ ތަކެތީގެ ރެކޯޑު ބެލެހެއްޓުމަށާއި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ތަންފީޒްކުރުން.
  • ލައިބްރަރީ ދާއިރާ އަދި ގުޅުންހުރި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އަހުލުވެރިވުމާއި އެއަށް ޢަމަލުކުރުން. ލައިބްރަރީގެ ޚިދުމަތްތަކާއި ގުޅޭގޮތުން ލައިބްރަރީގެ ޚިދުމަތް އަމާޒުވާ ފަރާތްތައް އަހުލުވެރިކުރުމަށް ސެމިނަރ، ޕްރޮގްރާމް އަދި ތަފާތު އިވެންޓްތަކާއި ސެޝަންތައް ބޭއްވުން.
  • ލައިބްރަރީ ޚިދުމަތާ ގުޅޭގޮތުން ހިންގޭ ތަފާތު ޕްރޮޖެކްޓްތައް ހިންގުމާއި މޮނިޓަރކުރުން.
  • ލައިބްރަރީގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރުމަށް ބޭނުންވާނެ ދިރާސާތައްކުރުމާއި އެކަމަށް ބޭނުންވާނެ ވަސީލަތްތަކާއި އެކަށޭނަ ގަވާއިދުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ލައިބްރަރީގެ ފަންކްޝަންތައް، ކަނޑައެޅިފައި އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.
  • ލައިބްރަރީ ގަޑިއަށް ހުޅުވާފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭގޮތެއްގެ މަތިން ކުރެވޭނެ ގޮތް ރާވައި އިންތިޒާމްކުރުން.
  • ލައިބްރަރީގެ އިދާރާ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި މާލީ ކަންކަން ބެލެހެއްޓުމާއި ލައިބްރަރީ ހިންގުމަށް ބޭނުންވާނެ އެހެނިހެން އޮޕަރޭޝަނަލް މަސައްކަތްތައް ކުރުން.
  • ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ހަމަޖައްސައި، އެ ވަސީލަތްތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، ކަނޑައެޅޭ އައު ގޮތްތަކަށް މަސައްކަތްތައް ހިޖުރަ ކުރުވުމުގެ މަސައްކަތްތައް ކުރުން.
  • ޑިޖިޓަލް ޕްލެޓްފޯމުތައް ބޭނުންކޮށްގެން ރިމޯޓް އެކްސެސިބިލިޓީ އިތުރުކުރަމުން ގެންދިއުމާއި، ލައިބްރަރީގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ލައިބްރަރީ އަކީ އިޖްތިމާޢީ ގުޅުންތައް ބަދަހި ކުރުމަށާއި ފިކުރީ މުޢާމަލާތްތައް ހިންގުމަށް ފަހި މާޙައުލަކަށް ހަދައި، ޒަމާނީ ވިސްނުމަކަށް ބައްޓަންވެފައި އޮތް ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކޯޕަރޭޓް އެފެއަޒް ޑިރެކްޓަރ، ޝަފީއާ ޝާކިރު

    ސަރވިސް ސެކްޝަންގެ ލައިބްރަރީ ޑިރެކްޓަރ، ބަދުރުއްނިސާ އަބްދުﷲ

    ކަލެކްޝަންމެނޭޖްމަންޓް ސެކްޝަންގެ ލައިބްރަރީ ޑިރެކްޓަރ، ޒުލްހާނާ އާދަމް

    އަމަލުކުރަމުން ގެންދަ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު

    އަމަލުކުރާ އުސޫލުތަކުގެ ނުވަތަ ހަމަތަކުގެ މަޢުލޫމާތު

    އިދާރާއިން ރައްޔިތުންނަށް އެއްވެސް އަސަރެއް ކުރާ ގޮތަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ވާނަމަ އޭގެ މަޢުލޫމާތާއި އެހެން ނިންމި ސަބަބު

  • ނެތް
  • ސިޔާސަތުތަކަށް ފާޑުކިޔުމާއި އެކަށައެޅުމާއި އެކަންކަމަށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅޭނެ ނިޒާމު / އުސޫލު ގެ ތަފުސީލު

    ޚިޔާލު ހުށަހެޅުމަށްޓަކައި ނުވަތަ ދޭން ބޭނުންވާ މެސެޖެއް ދިނުމަށް ޚިޔާލު ފޮށި ބެހެއްޓިފައިވާނެ އެވެ.

    ހިނގަމުންދާ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތަފުސީލު